ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގެ ޚަރަދުގެ ތަފްޞީލް ހާމަކުރަންޖެހޭކަމަށް ޓްރާންސްޕޭރެންސީން ބުނެފި

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ޚަރަދުތަކުގެ ތަފްޞީލު ހާމަކުރަންޖެހޭކަމަށް ޓްރާންސްޕޭރަންސީން މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީން މިހެން ވިދާޅުވެފަިމިވަނީ، މިފަދަދަތުރުގެ ބައިވެރިންގެ ޚަރަދުތަކުގެ ތަފްޞީލް އާންމުގޮތެއްގައި ޙިއްސާއެއް ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ކަންބޮޑުވާކަން ހާމަކުރައްވާ ޓްރާންސްޕޭރެންސީން ވިދާޅުވީ، ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށްވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް މަޢުލޫމާތަކަށް ބަޔަކު އެދިފައިވާނަމަ ވީހާވެސް އަވަހަކަށް އެމަޢުލޫމާތު ޙިއްސާކުރުމަށް އެޖަމިއްޔާއިންވަނީ ގޮވާލާފައެވެ.

އަދި ދަޢުލަތުގެ އިދާރާއަކުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލް އެއިދާރާއަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވާތީ އދ. ގެ ދަތުރުގެ ޚަރަދުގެ ތަފްޞީލަކީ ޙިއްސާނުކޮށް ބޭއްވޭނެ މަޢުލޫމާތެއް ނޫންކަމަށްވެސްވަނީ ވިދާޅުވެފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ބޮޑު ވަފުދެއް ގޮސްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޏ

    ދެންކީކޭތަ މިފަހަހަރުބުނާނީ . ރައިސްގެ އަތަށްނުގޮވައެއްނުހުންނާނެ . ޖެހޭނީ ހާމަކުކރަން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ