އައްޑޫގެ ފަތުރުވެރިކަމަށް 4000 އެނދު އަންނަ މަހު ހުޅުވާލާނީ

އައްޑޫ ސިޓީއިން ފަތުރުވެރިކަމަށް 4000 އެނދު އަންނަ މަހު ހުޅުވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަހީދު ވިދާޅުވީ މި އަދަދަކީ ސަރުކާރުން އައްޑޫގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ 8000 އެނދުގެ ތެރެއިން މިވަގުތު ކުރުމަށް ހަމަޖެހިފައިވާ އަދަދުކަމަށެވެ.

މިއަދު ވަނީ އައްޑޫގެ ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާ ދެމެދު ސޮއި ކޮށްފައެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި އެކި އަވަށްތަކުން ބިން ކަޑައެޅިފައިވާކަމަށާއި، ރަށު ފަތުރުވެރިކަމަށް 11 ސަރަހައްދެއް ކަނޑައަޅާފައިވާކަމަށެވެ. އައްޑޫގައި ޓޫރިޒަމް ތަރައްޤީ ކުރުމުގެ ބައެއް އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށާއި އެގޮތުން ލޭންޑް ސްކޭޕާއި ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމުގައި ސޯބެ ވިދާޅުވިއެވެ. އަދި

އައްޑޫ ސިޓީން ގެސްޓު ހައުސްއަށް 5000 އަކަފޫޓު ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް 10،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ