ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލިމީހަކު އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މީހާ މާލެ ގެނެވޭނީ މެންދުރުފަހު 13:10 ހާއިރު ކަމަށެވެ.
އިތުރު ފަރުވާއަށް މީހަކު ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ހެލިކޮޕްޓަރުން ކުރަމުންދާއިރު، ލ އަތޮޅުން ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލިފައިވާ އަންހެން މީހާ ހޯދުމުގެ މަސައްކަތްވެސް އެ ސަރވިސް އިން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
GA. Atoll Hospital, Viligilli gai Faruvaa Dhemundhiya Bali Meehaku Sihhee Ithuru Faruvaa ah MNDF Helicopter gai Male' City ah Gennany. Helicopter Land Kurumah Hamajehifaivany Miadhu 13:10 gai Male' Usfasgadu Helipad ah. pic.twitter.com/pApaJNVldJ
— Maldives National Defence Force (@MNDF_Official) February 25, 2019
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުގައި ބަލިމީހަކު މާލެ ގެންނައިރު، މިފަދަ އޮޕަރޭޝަން މިފަހަކަށް އައިސް ވަރަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.