ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަތުރުކުރަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު ލ.މާމެންދޫއަށް އުފަން އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޑިންގީން ގެއްލުނު ޝިމާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން ޝިމާ ހޯދުމުގެ މަސައްކަތުގައި މިއަދުވެސް ޑައިވިންގ ރޮބޮޓް ބޭނުންކުރަމުން ދާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޝިމާ ގެއްލުނުތާ ތިން ދުވަސް ވެފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ހެލިކޮޕްޓަރުވެސް ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ޝިމާ އަދި ބަންޑުން ޖަހާލި ޑިންގީގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ