ތ.މަޑިފުށި - ފޮޓޯ: އެމްޓީސީސީ

މަޑިފުށި ބަނދަރު މަޝްރޫއު ނިންމާލައިފި

ތ.މަޑިފުށީގައި ތަރައްޤީ ކުރަމުންދިޔަ ބަނދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން މިއަދު ވިދާޅުވީ، މަޑިފުށީ ބަނދަރު މަޝްރޫއު ނިންމާލާފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ތ.މަޑިފުށި ބަނދަރު މަޝްރޫއަކީ 2016 ވަނަ އަހަރުގެ މާރިޗު މަހު އެމްޓީސީސީއާއި ހަވާލުކުރުމުން 26 މާރިޗު 2016 ގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއެކެވެ.

މަޑިފުށި

އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ބަނދަރުން 19،808 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަދި ބަނދަރަށް ވަންނަ ނެރުން 402 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ ފުންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 256 މީޓަރުގެ ބްރޭކްވޯޓަރ ޖަހައި، 20 މީޓަރުގެ ރިވެޓްމެންޓް އަދި 357 މީޓަރުގެ ބްލޮކް ޖަހާފައިވާއިރު، 1010 ސްކެއަރ މީޓަރުގެ ވޭމްމެންޓެއް ޖަހާފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ދެ ނެރުބައްތި ހަރުކޮށް، މޫރިނގ ރިންގްތައްވެސް ހަރުކޮށްފައިވާއިރު، މިއީ 52،960،321.85ރ (ފަންސާސް ދެމިލިއަން ނުވަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ އެކާވީސް ރުފިޔާ އަށްޑިހަ ފަސް ލާރި) ގެ މަޝްރޫއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ