ހދ.ކުރިނބީ އަދި ރ.އަނގޮޅިތީމު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގައި، އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާއެކު މިއަދު ސޮއިކޮށްފިއެވެ.
685 ދުވަހުގެ (22 މަސް) މުއްދަތަށް ހަވާލުކޮށްފައިވާ ކުރިނބީގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އަގަކީ 19،757،340.00ރ (ނަވާރަ މިލިއަން ހަތްލައްކަ ފަންސާސް ހަތް ހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) ރުފިޔާއެވެ.

685 ދުވަހުގެ (22 މަސް) މުއްދަތަށް ހަވާލުކޮށްފައިވާ އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އަގަކީ 19،577،034.00ރ (ނަވާރަ މިލިއަން ފަސްލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތަރު ރުފިޔާ) ރުފިޔާއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ ދެމެދު ސޮއި ކުރެވުނު މި ކޮންޓްރެކްޓްތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ.
މި އެއްބަސްވުންތަކުގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރ ހިވާޒް މަހިންދަ މަދޫސަންކާ ކަރުނަ ރަތްނޭއެވެ.
ކޮންޓްރެކްޓްގައިވާގޮތުން މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމުގެ އެންމެ ފަހު ތާރީހަކަށް ވާނީ، 2021 ވަނަ އަހަރުގެ ފަހުކޮޅެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޝާލިޙްގެ ރިޔާސީވަޢުދެކެވެ.