ވ.ރަކީދޫ އަދި ތ.ގުރައިދޫގެ ބަނދަރު ހެދުމަށް 64.5 މިލިއަން ރުފިޔާއާ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
475 ދުވަހުން ގުރައިދޫ ބަނދަރު ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ، 46,015,831.72ރ (ސާޅީސް ހަމިލިއަން ފަނަރަ ހާސް އަށްސަތޭކަ އެއްތިރީސް ރުފިޔާ ހަތްދިހަ ދެލާރި) އަށެވެ.
މި މަޝްރޫއުގެ ދަށުން ގުރައިދޫ ބަނދަރުގައި ބޮޑުހިލަ ބޭނުންކޮށްގެން ބޭރުތޮށި ހެދުމާއި، ނެރުފައިކަށި ޖެހުމަށް ހަމަޖެހިފައިވާއިރު، 370 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރޭމްޕެއް ހަދައި، 15 މޫރިން ބޮއެ ހަރުކޮށް، އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށާއި، ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލައި، 18 ބަނދަރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.
ހަމައެއާއެކު މި އެއްބަސްވުމުގެ ދަށުން ދެ ނެރުބައްތި ހަރުކޮށް، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރު ފުޅާކޮށް ޕޭވްމެންޓް ހަދައި، ބަނދަރު އަދި ނެރު ފުންކުރުމަށްވެސް ހަމަޖެހިފައެވެ.

349 ދުވަހުން ރަކީދޫ ބަނދަރު ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ، 18،511،404.34ރ (އަށާރަ މިލިއަން ފަސްލައްކަ އެގާރަހާސް ހަތަރުސަތޭކަ ހަތަރު ރުފިޔާ ތިރީސް ހަތަރު ލާރި) އަށެވެ.
މި މަޝްރޫއުގެ ދަށުން ރަކީދޫ ބަނދަރުގައި 156 މީޓަރުގެ ބޭރު ތޮށި ލައި، 74 މީޓަރުގެ ރިވެޓްމެންޓް ޖަހައި، 164 މީޓަރުގެ އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 8 މޫރިން ބޮއެ ހަރުކޮށް، 8 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން ދެ ނެރުބައްތި ހަރުކުރުމަށާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރު ފުޅާ ޕޭވްމެންޓް ހަދައި، ބަނދަރު އަދި ނެރު ފުންކުރުމަށްވެސް ހަމަޖެހިފައިވެއެވ.

މި އެއްބަސްވުުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.