ހަތަރު ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން އެމްޓީސީސީއަށް

އއ.ބޮޑުފޮޅުދޫ، އއ.އުކުޅަސް، ތ.ހިރިލަންދޫ އަދި ލ.މާވަށުގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން 929،142.37ރ (ނުވަލައްކަ ނަވާވީސް ހާސް ސަތޭކަ ސާޅީސް ދެރުފިޔާ) އަށް މޯލްޑިްވސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

45 ދުވަހުން އއ.ބޮޑުފޮޅުދޫ އަދި އއ.އުކުޅަސް ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ، 418،340.68ރ (ހަތަރު ލައްކަ އަށާރަ ހާސް ތިންސަތޭކަ ސާޅީސް ރުފިޔާ ފަސްދޮޅަސް އަށް ލާރި) އަށެވެ.

45 ދުވަހުން ތ.ހިރިލަންދޫ އަދި ލ.މާވަށުގެ ބިންހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް އީއައިއޭ ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ، 510،801.69ރ (ފަސްލައްކަ ދިހަހާސް އަށްސަތޭކަ އެއްރުފިޔާ ފަސްދޮޅަސް ނުވަލާރި) އަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން އއ.ބޮޑުފޮޅުދޫ، އއ.އުކުޅަސް، ތ.ހިރިލަންދޫ އަދި ލ.މާވަށުގެ ބިންހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިލްޑް ޑިޒައިނާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމެންޓް (ޢީއައިއޭ) ތައްޔާރުކުރެވިގެންދާނެއެވެ.

މި އެއްބަސްވުުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ