ވަގަށް ނެގި ރަން ގަހަނާ - ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީ މަރަދޫން ވަގަށް ނަގާފައިވާ ރަން ގަހަނާތަކެއް ފުލުހުން ހޯދައިފި

އައްޑޫ ސިޓީގެ މަރަދޫއިން ވަގަށް ނަގާފައިވާ ރަން ގަހަނާތަކަކާއި ފޯނުތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫ އިން ހުށަހެޅުނު ވައްކަމުގެ ދެ މައްސަލައެއްގައި ވަގަށް ނަގާފައިވާ ރަން ގަހަނާތަކަކާއި، ދެ ފޯނު އަދި ސިމް ކާޑެއް ފުލުހުންގެ ތަޙްޤީގުން މިއަދު ހޯދާފައިވާ ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތަށް ތަކެތި އަނބުރާ ރައްދުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރަން ގަހަނާތަކެއް ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން ކުރާ މިންވަރު އިތުރުކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ