އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގު އަނެއްކާވެސް އައްޔަން ކުރަން އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ 2019 ނޮވެމްބަރު 24 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީވެ، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ނޮވެމްބަރު 24 އަށް މެންބަރުކަމުގެ މުއްދަތު ހަމަވަނީ އެ ކޮމިޝަނުގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުޞްޠަފާގެއެވެ. އޭނާގެ ނަންވެސް ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަން ރައީސް ޞޯލިޙް ވަނީ މަޖިލީހަށް ފޮނުވާފައެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރައްވަން މަޖިލީހަށް ރައީސް ފޮނުއްވި ނަންފުޅުތައް:
1- އަލްފާޟިލް ފުވާދު ތަޢުފީޤް - މއ.ތަޅުމުދިގެ
2- އަލްއުސްތާޛު އަމްޖަދު މުސްޠަފާ - އަލިވާގެ، ގއ.މާމެންދޫ
3- އަލްފާޟިލް ހަސަން ނާޒިމް - ހ.ގާޑެނިޔާ
4- އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު - އަނބުގަސްދޮށުގެ، ހއ.ކެލާ
އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސްއަށް ފެނިލައްވާ ނަންތަކުގެ އެންމެ ކުރީގައި ފުވާދު ތައުފީގުގެ ނަންފުޅު އޮތްއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ފެނުނީ ލަންކާގައި ހުންނަވައިގެން އެމްޑީޕީގެ ހަރަކާތްތައް ހިންގެވުމުގައި އިސްދައުރެއް އަދާކުރެއްވިތަކެވެ.
އަދި މަޖިލިސް އިންތިޚާބަށްވީއިރު، މުޅިންވެސް ސިޔާސީ މަސައްކަތްޕުޅު ކުރައްވާފައިވާއިރު، ދާދި ފަހަކާ ޖެހެންދެންވެސް ސިޔާސީ މަޝްރަހުގައި އެކްޓިވް ބޭފުޅެއްގެ ގޮތުގައި ފުވާދު ތައުފީގް ފާހަގަކޮށްލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ރައީސް، ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން އުޅުއްވި އަޙްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން އުޅުއްވިއިރު، އޭރުގެ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން



