ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްފަރާތުން އަނެއް ފަރާތަށް އެއްބާރުލުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިލެކްޝަންސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފުލުހުންނާއެކު ފަހުމުނާމާގައި ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަމާއި، ލޮޖިސްޓިކް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމަށެވެ.
މި އިންތިޚާބުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަނުން އެއްބަސްވިއިރު، ވޭތުވެދިޔަ އިންތިޚާބުތަކުގައިވެސް އެ މަސައްކަތްތައް ކޮށްދެއްވާފައިވަނީ ދިވެހި ފުލުހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަމާއި، ލޮޖިސްޓިކްސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އީސީ އާ ދެމެދު ފަހުުުމުނާމާގައި ސޮއި ކޮށްފި @PoliceMv pic.twitter.com/IFd21vQY0J
— Elections Commission (@ElectionsMv) February 25, 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.