ކުޅުދުއްފުށި އެއަރޕޯޓަށާއި، ހަނިމާދޫ އެއަރޕޯޓަށް މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
ހދ. ކުޅުދުއްފުށި އެއަރޕޯޓަށް ސަބް އޮފިސަރއަކާއި، އެކައުންޓްސް އޮފިސަރއަކާއި، 4 އެސިސްޓެންޓް ފަޔަރ ފައިޓުންނާއި، އެސިސްޓެންޓް ސޭފްޓީ އޮފިސަރ އެއްގެ އިތުރުން މަސައްކަތު މީހެއް ހޯދުމަށް ވަނީ އިޢުލާނު ކޮށްފައއެވެ.
ހަނިމާދޫ އެއަރޕޯޓަށް 5 ފަޔަރ ފައިޓަރުންނާއި، 2 ލީޑިންގ ފަޔާމަންއާއި، ސަބް އޮފިސަރ އެއްގެ އިތުރުން 4 އެސިސްޓެންޓް ފަޔަރ ފައިޓަރުން ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުން ފުޅުވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު 14 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.



