ހއ. ކެލާއިން ހދ. ކުޅުދުއްފުއްޓަށް ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފިއެވެ.
މިއަދު ހެނދުނު ހއ. ކެލާގައި އޮތް ރަސްމިއްޔާތެއްގައި ސްޕީޑް ފެރީގެ ޚިދުމަތް ފައްޓަވައި ދެއްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހްއެވެ.
ކެލާއިން ކުޅުއްދުއްފުއްޓާ ދެމެދު ސްޕީޑް ފެރީއިން ގުޅާލެވިފައިވާއިރު މި ފެރީގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކު ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

ހއ. ކެލާ ރޫޓް ސްޕީޑް ފެރީގެ ދަތުރުތައް ހއ. ވަށަފަރާއި، ހއ. ފިއްލަދޫއާއި އެ އަތޮޅު ބާރަށުގެ އިތުރުން ހދ. ހަނިމާދޫ އަށްވެސް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެރީގެ ދަތުރުތައް ފެށޭނީ ހެނދުނު 6:30 ގައި ހއ. ކެލާއިންނެނެވެ. ހދ. ކުޅުދުއްފުއްޓަށް ފެރީ ލަފާނީ ހެނދުނު 7:50 ގައެވެ. އަދި ކުޅުދުއްފުށިން ފެރީ ފުރާނީ 14:30 ގައެވެ. ހއ. ކެލައަށް ފެރީ ނިންމާނީ 15:50 ގައެވެ.