ޤައުމީ ޓީމުގައި ހިމެނޭނެކަމަށް އުންމީދުކުރިން: މޮރާޓާ

ސްޕެއިންގެ ޤައުމީ ޓީމު މިމަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް އެޓީމުން ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރިކަމަށް އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.

ސްޕެއިންގެ ކޯޗު މޮރޭނޯ އޮކްޓޯބަރ މަހަށް އެކުލަވާއި ސްޕެއިންގެ ޤައުމީ ޓީމުގައި މޮރާޓާ ހިމެނިފައިނުވާއިރު، ސްޕެއިންއިން ދެން ނެރޭ ސްކޮޑަކުން ޖާގަ ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.

"ޖާގައެއް ލިބޭނެކަމަށް ވަރަށް އުންމީދުކުރިން. އެކަމު އަހަރެން ޓީމުގައި ހިމަނަން ކޯޗު ބޭނުންނުވާނަމަ، އެކަމުގައި ސަބަބެއްވެސް އޮންނާނެ." 0-0 ގެ ނަތީޖާ އަކުން ރެއަލް ވަލަޑޮލިޑްއާއި އެއްވަރު މެޗަށްފަހު ވާހަކަ ދައްކަމުން މޮރާޓާ ބުންޏެވެ.

މީގެއިތުރުން މޮރާޓާ ބުނީ، އެމެޗުގައި އޭނާއަށް ޓޯނީ ވިލާކުރި ފައުލަށް ޓޯނީއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލަންޖެހޭކަމަށާއި، ވީއޭއާރުގެ އެހީގައި އެކަން ރަނގަޅަށް ސާބިތުވެގެންދާނެކަމަށެވެ.

ރޭގެ މެޗުން އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑް ތާވަލްގެ ތިން ވަނައަށް ވެއްޓިފައިވާއިރު، އެކްލަބަށް ލިބިފައިވަނީ 15 ޕޮއިންޓެވެ، 16 ޕޮއިންޓާއެކު ބާސެލޯނާވަނީ ދެވަނައަށް ރޭ ޖެހިލާފާއެވެ. އަދި އެއްވަނާގައި ރެއަލްމެޑްރިޑް އޮތީ ޖުމްލަ 18 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ