އިންކަމް ޓެކްސްގެ ބިލާއި އެކު 32 ބިލެއް މަޖިލީހަށް ހުށަހަޅަނީ

އިންކަމް ޓެކްސްގެ ބިލާއި އެކު ޖުމްލަ 32 ބިލެއް ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް މުހިއްމު ބިލުތައް:

އިންތިގާލީ އިންސާފުގެ ބިލު
ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލ
ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލު
އިންކަމް ޓެކްސް ނެގުމުގެ ބިލު
ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލު
ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު
ރުއް ގަހާ ގުޅޭ ބިލެއް
ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ތައުލީމީ ދާއިރާއާ ގުޅޭ ބިލު
އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލެއް
ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލު
އެންމެ ކުޑަ އުޖޫރައެއް
ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސަރުކާރުން ހުށަހަޅާ ބިލްތަކުގެ އިތުުރުން ދެން އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކަމަށާއި، މި ދައުރުގައި މަޖިލިސް އެންމެ ބޮޑަށް ތައްޔާރު ވާނީވެސް ބަޖެޓަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާގޮތުން މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތަކީ، އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ