ތިން މީހުންނާއެކު ހުޅުމާލެ ނެރުމައްޗަށް ލޯންޗެއް އަރައިފިއެވެ.
ހުޅުމާލެ ނެރުމައްޗަށް އަރާފައިވަނީ، ހުޅުލެއިން ފުރައިގެން ތިން މީހުންނާއެކު ހުޅުމާލެއަށް ދަތުރުކުރި ލޯންޗެކެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، "ބުލޫ އެންޖަލް" ނަމަކަށް ކިޔާ މި ލޯންޗު ނެރުމައްޗަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ލިބިފައިވަނީ މިރޭ 19:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހުޅުމާލެ ނެރުމައްޗަށް ލޯންޗެއް އެރިއިރު، މާލެ ސަރަހައްދުން ބޯޓަކާއި، ބާޖެއް އޮޔާދާތީ ސަމާލުވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފިއެވެ.




