މިސްކިތްތައް ކައިރިން ނަމާދު ވަގުތުތަކުގައި ސައިކަލްތަކުގައި ސްޓިކާ ޖަހާން ފަށައިފިނަމަ ނުބަޔަކަށް މަގުފަވިވެދާނެކަމަށްބުނެ ދީނީ އިލްމުވެރިޔާ ޝައިޚް ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިން ސައިކަލްތަކުގައި ސްޓިކާ ޖަހާނަމަ، ނަމާދަށް އަންނަ މީހުންނަށް އިތުރު ތަކުލީފެއްޖެހި، ނަމާދަށް އަންނަ މީހުން މަދުވެދާނެ ކަމަށެވެ.
"ނަމާދަށް އަރާ ގަޑީގައި މިސްކިތްތައް ކައިރީ ބަހައްޓާ ސައިކަލްތަކުގައި ސްޓިކާ ނުޖެއްސެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިހްތިރާމާއެކު އިލްތިމާސްކުރަން." ޝައިޚް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ، އެގޮތަށް ސްޓިކާ ޖަހާނަމަ "ބޮޑުވެގެންވާ" ނުބަޔަކަށް މަގުފަހިވެދާނެ ކަމަށެވެ.
Namaadah araa gadee miskih thah kairee bahattaa cycle thakugai sticker nujessevumah @PoliceMv ah ihthiraamaa eku ilthimaas kuran! Noon nama namadah anna meehunnah ithuru thakleefu jehi, namaadah anna meehun madhuve dhaane! Boduvegen baa nubayakah magufahi vedhaane!
— Ali Zaid (@alizaid1000) February 25, 2019
ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ މިސްކިތްތައް ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކުރާނަމަ ސްޓިކަރ ޖަން ފުލުހުން ނިންމުމާ ގުޅިގެންނެވެ.