އައްޑޫ މާރާމާރީގައި ޒަހަމްކޮށްލި މީހާ މާލެ ގެނެސްފި

އައްޑޫ ސިޓީ ހިތަދޫގައި އިއްްޔެ ރޭ ފަތިހު، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިންޑިއާ ފިރިހެނަކު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

އެމީހާ މާލެ ގެނެސްފައިވަނީ އިންޑިއާއިން ރާއްޖޭގައި ދުއްވާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު ހެނދުނު 10:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 46 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި، މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

ހެލިކޮޕްޓަރުގައި މާލެ ގެނައި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހިތަދޫ ހޮސްޕިޓަލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެމީހާގެ ދެ ލޮލަށާއި ކަނާތު ކަންފަތުގެ އިތުރުން ނޭފަތާ ދިމާއިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށާއި، މޫނުގެ އެހެން ބައިތަކަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްކޮށްލާފައިވާ ބިދޭސީ މީހާއަކީ ހިތަދޫގައި ރުއް އަރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް