އައްޑު އަށް ކުރި ވިއްސާރައިގައި އެތައް ގެޔަކަށް ފެން ވަދެ ގެއްލުންވެފައި ވާތީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ރަށަށް މިއަދު ވަޑައިގެންފިއެވެ.
މާރިޔާ ވަނީ ގެއްލުން ލިބުނު ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިލައްވާފައިވާއިރު، މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ އިސްވެރިން ވެސް ވަޑައިގެންނެވިއެވެ.

މިދިޔަ ހުކުރު ދުވަހާއި އިއްޔެ އައްޑު އަށް ކުރި ވިއްސާރައިގައި ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުތަކެއް ވެފައިވާއިރު، 140 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އަދި ނުވަ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިފައިވާއިރު، މިވިއްސާރާގައި އައްޑޫގެ 60 ޕަސެންޓް ގެއަށް ފެނުގެ އަސަރުކޮށް ގެއްލުން ވަނީ ލިބިފައެވެ.




