ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ޕްރޮގްރާމްގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނގެ ސިފައިން ބަލަމުން ގެންދާނެ ކަމަށެވެ.
"އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހުވަދުއަތޮޅުގައި މި ޕްރޮގްރާމް ކުރިއަށްދަނީ މިމަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.



