ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ / ފޮޓޯ : ރައީސް އޮފީސް

ދިވެހިންގެ ތެރެއަށް ޓެރަރިޒަމްގެ ނުރައްކާ ވަނުމުގެ ފުރުސަތު އެބައޮތް - މާރިޔާ

އިންޓެނެޓާއި އެނޫންވެސް މައުލޫމާތު ފޯރުކޮށްދޭ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ތެރެއަށް ޓެރަރިޒަމްގެ ނުރައްކާ ވަނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީސް އާއި ރާއްޖޭގައި ހުންނަށް އދ ގެ އޮފީސް އަދި ނޭޝަނަލް ޓެރަރިޒަމް ކައުންޓާ ސެންޓާ އިން އިސްނަގައިގެން ފެށި، "ސުލްހަޔާއި ސަލާމާތްތެރިކަން ކުރިއެރުވުމުގެ" މަހާސިންތާ ފެށުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ބައިނަލް އަގްވާމީ ފެންވަރުގައި މަސައްކަތް ކުރާ ޔޫއޭއީގެ ހިދާއީ ސެންޓަރާ އާއެކު ރާއްޖެއިން އެމްއޯޔޫ އެއްގައި ދާދި ފަހުން ސޮއިކޮށް، ރާއްޖެއިންވެސް ޓެރަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިންޓަނެޓް ވިޔަސް އަދި މިނޫން ގޮތަކުން ވިޔަސް މައުލޫމާތު ފޯރުކޮށް ދިނުމަކީ ފަސޭހަކަމަކަށް ވެފައިވާއިރު މިދުނިޔޭގެ ފިކުރީ ގޮތުން ހައްދު ފަހަނަ އަޅައި ދިޔުމާ ވައިލެންޓް އެކްސްޓިރީޒިމާ ޓެރަރިޒަމްގެ ތެރެއަށް ދިވެހިންނަށް ފުރުސަތު އޮތް މިންވަރު ދައުލާތުގެ އިސްވެރިންނަށް ސާފުކޮށް އެގުމަކީ ވަރަށް މުހިންމު ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ރާއްޖެއިން ހަނގުރާމައަށް ގޮސްފައިވާ ހަ އާއިލާއަކުން އަނބުރާ ރާއްޖެ ގެނެސްދިނުމަށް އެދެމުން އަންނަކަމަށެވެ.

ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި ރާއްޖެއިން ހަގުރާމައަށް ގޮސްފައިވާ މީހުންގެ އަދަދު 60 އަށްވުރެ މަތިކަމަށް ބެލެވެއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމް އާދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ނޭޝަނަލް އެކްޝަން ޕްލޭން އެއް އެކުލަވާލައި، ޔޫއެންޑީޕީ އާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ