ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ ދިވެހިން ހައްޔަރުކޮށްފި

ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ކަމުގެ ތުހުމަތުގައި ރޭ 19:00 އެހާކަންހާއިރު، ދިވެހި ދެ ފިރިހެނުން މާލޭ ގަލޮޅު ދަނޑު ކައިރިން ހައްޔަރުކޮށްފައިވާކަމަށެވެ.

ބިދޭސީ މީހާއަތުން އެމީހުން ފޭރިގަތްފައިވަނީ މަޖީދީ މަގު އޯޑިއޮން ކައިރީ ބިދޭސީ މީހާ ހުއްޓާ ސައިކަލެއްގައި ދަމުން ނެވެ. ފޭރިގަތް ވޮލެޓް ފެނިފައިވަނީ މުތީ ގޯޅި ކާނުގަނޑުތެރެއިންނެވެ.

މި މައްސަލާގައި ފުލުހުން ވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލާގައި އެދެމީހުން ދުއްވި ސައިކަލްވެސް ވަނީ ތަޙްޤީޤުގެ ބޭނުމަށް ފުލުހުން ޓޯވ ކޮށްފައެވެ.

އޭގެ އިތުރުން މި މައްސަލާގައި ހައްޔަރު ކުރި 30 އަހަރުގެ މީހާ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް އެމީހާއަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ