ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ދެމުންދިޔަ ދަތުގެ ފަރުވާ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަނެއްކާ ވެސް ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ޚަދީޖާ ޢަލީއާއި ޙަވާލާދީ "ސީއެންއެމް" ނޫހުގައި ބުނެފައިވަނީ، ބުދަ ދުވަހުން ފެށިގެން ދަތުގެ ފަރުވާ އެހޮސްޕިޓަލުން ދެމުން އަންނަކަމަށާއި، އެހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ދަތް އުފުރުމާއި ސްކޭލިން އަދި ފުޓުނި އެޅުމުގެ ޚިދުމަތްވެސް ހިމެނޭ ކަމަށެވެ.
މީގެއިތުރުން ރޫޓް ކެނަލްގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެއްޓިގެން ދާނެކަމަށް ޚަދީޖާ ވިދާޅުވި އެވެ.
އަދި މިޚިދުމަތްތައް ހެނދުނު އަދި މެންދުރުފަހުގެ އޯޕީޑީގައި ދެމުން އަންނާނެކަމަށް ޚަދީޖާ ވިދާޅުވެފައިވާއިރު، ކޮންމެ ދުވަހަކު ވެސް 30-40 އާ ދެމެދުގެ އަދަދަކަށް މީހުން އެ ހިދުމަތްތައް ހޯދަމުން އަންނަ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްއަކީ ރާއްޖޭގެ އުތުރުގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލްއަކަށްވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށްވެއެވެ.





ހިޔާލު
އަދި އަވަސް ފަރުވާ ފަށަން، ސަރުކާރުން ރައްޖޭގެ ބޮޑު އާބާދީއެއް އޮންނަ ހދ. އަތޮޅު އޮންނަނީ ބާކީ ކޮއްލާފަ ހުރިހާ ކަމަކުން