މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި ރައީސް ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ރައީސްއާ މަޝްވަރާކޮށްފި

2023 ވަނަ އަހަރު އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންވަނީ އެބޭފުޅުން ބޭނުންފުޅުވާ ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ކޮމިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.

މިގޮތުން، 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުޞަތު ލިބިފައިވާތީ އެކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އޮލިމްޕިކް ކޮމިޓީއަށް ބިމެއް ކަނަޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި ރައީސް ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން 10 ކުޅިވަރެއްގައި ބައިވެރިވާނެ ކަމުގައި މެންބަރުން ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ