ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ޔާމީން މިނިވަން ކުރުމަށް ބައިނަލްއަޤްވާމީ ވަރުގަދަ ޖަމާއަތަކުން ގޮވާލައިފި

ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ރައީސް ޔާމިނު މިނިވަން ކުރުމަށް ބައިނަލްއަޤްވާމީ ވަރުގަދަ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް އިން ޔޫރަޕް (އޭސީއާރުއީ) ގޮވާލައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތު މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާތީވެ، މިހާރު އެމަނިކުފާނު ވަނީ ފުލުހުންގެ ބެލުމުގެދަށުގައި ހައްޔަރުކުރައްވާފައެވެ.

ޔާމީން ހައްޔަރު ކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ މަގުސަދެއް ކަމަށާއި، އެމަނިކުފާނު ހައްޔަރުގައި ހުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނަށް ބޮޑު ހުރަހެއް ކުރިމަތިވަމުންދާ ކަމަށް އޭސީއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޭސީއާރުން އީޔޫއަށް ރާއްޖެގެ ހާލަތު ބެލުމަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހު ތަހުގީގު ކުރުމަށް ޓީމެއް ފޮނުވުމަށްވެސް އެ ޖަމާއަތުން އީޔޫއަށް ގޮވާލާފައިވެއެވެ.

އޭސީއާރުއީއަކީ އިނގިރޭސި ވިލާތާއި އިޓަލީ، ފިންލޭންޑާއި ޗެކް ރިޕަބްލިކާއި، ބަލްގޭރިއާ އާއި ކްރޮއޭޝިއާ އާއި ފިންލޭންޑާއި ޖަރުމަނު ފަދަ ގައުމުތަކުގެ މެމްބަރުން ހިމެނޭ އީޔޫ ބާރުވެރި ކުރުވުމަށް ވަރުގަދަ 21 ގައުމެއްގެ މެމްބަރުން ހިމެނޭ ގޮތަށް އުފައްދާފައި އޮންނަ ޖަމާއަތެކެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަކް ކޯޓުން ހުކުމް ކޮށްފައި ވަނީ ހެއްކައް ނުފޫޒު ފޯރުވުމުގު ތުހުމަތުގައެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެކަން ދޮގުކޮށްފައިވާ އިރު، އެ އަމުރުގެ އިސްތިއުނާފް މިހާރު ވަނީ ހައިކޯޓަށް ބަލައިގަނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަލުގައި ބަންދުކުރުމަށް ހުކުމް ކޮށްފައިވާ އިރު، އެމަނިކުފާނު ހުންނަވާނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައެވެ.


ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް