ތޫނު އެއްޗަކުން ހަމަލާދީ މީހަކު އަތުން ފޭރެން އުޅެނި

ތޫނު އެއްޗަކުން ހަމަލާދީ މަގުމަތިން މީހަކު އަތުން ފޭރެން މަސައްކަތް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ޝަހީދުޢަލީހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް މިއަދު މެންދުރު 12:02 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި - ފޮޓޯ: ފަޔާޒް މޫސާ

ފުލުހުން ވިދާޅުވީ، މި ހާދިސާގައި ޒަހަމްވެފައިވަނީ ބިދޭސީއެއް ކަމަށާއި، އެމީހާގެ ކަނާތު ކުޑަވައި އިނގިއްޔާއި، ބުރަކަށި ތިލަކޮށް ޒަހަމްވެފައިވާ ކަމަށެވެ.

(ތަފްސީލު އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ