އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރައީސަށް ދައުވަތު އަރުވައިފި

މިއަހަރުގެ ޖުލައި މަހުގެ 19 އިން އެމަހުގެ 28 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރަސްމީކޮށް ދައުވަތު އަރުވައިފައެވެ.

އެމަނިކުފާނަށް މިދައުވަތު އެރުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވައި، އެ ކޮމިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ.

10 ކުޅިވަރެއްގައި މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނެ ކަމުގައި މެންބަރުން ވަނީ ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އޮލިމްޕިކް ކޮމިޓީއަށް ބިމެއް ކަނަޑައަޅުއްވައިދެއްވުމަށާއި، 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުސަތު ލިބިފައިވާތީ އެކަމާ ބެހޭގޮތުން މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ