ރާއްޖޭގެ ސަލާމަތީ މަޝްރަހާ ގުޅޭގޮތުން އެމްއެންޑީއެފާއި ފުލުހުންގެ އިސްވެރިން މަޝްވަރާކުރައްވައިފި

ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންތައްތަކާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިން މިއަދު ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ