މޫދަށް އެރިއުޅެނިކޮށް އުމުރުން ދުވަސްވީ ފިިރިހެނަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި މޫދަށް އެރިއުޅެނިކޮށް އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ނޮޅިވަރަމް ފިލްމީ ސައިޑް/ 66 އަހަރުގެ އިބްރާހިމް އިސްމާއީލް އެވެ.

އިބްރާހިމް އިސްމާއިލް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:45 ހާއިރުއެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓް ކުރުމާއެކު ފުލުހުންނާއި އެ ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކު މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އެގޮތުން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އެ ރަށުގެ އޮޑިއެހެލާ ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ