ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަފައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގައި ހުންނަ “ކަކާ” ނަމަކަށް ކިޔާ ގެއެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 4:16 ގައި ކަމަށާއި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 4.40 ގައި ކަމަށެވެ.
ކަކާ ގޭގައި އަލިފާނުގެ ހާދިސާ ހިނގުމުން އެމްއެންޑީއެފުން ވަނީ ހަރާކާތްތެރި ވެފައެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި ސައިކަލާކާއި، ރަށު ޕިކަޕެއްގައި އަލިފާން ރޯވި ކަމަށާއި އޭގެ އިތުރުން އެގޭގޭ އަސްކަނިއާއި ސީލިންގް ގައިވެސް އަލިފާން ރޯވި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގި ކަކާގެ އާއި ޖެހިގެންހުރިގެ (ނަހާގެ) އަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުވަނީ ފޯރައިފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



