ފިއްލަދޫ ދެ ކައުންސިލަރަކު އިސްތުއުފާ ދެއްވައިފި

ހއ. ފިއްލަދޫ ކައުންސިލްގެ 2 މެމްބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވައިފައިވަނީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އާއި ކައުންސިލް މެންބަރު މުހައްމަދު ނާފިއު އެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުސްވެފައިވާ ފިއްލަދޫ ކައުންސިލަށް ދެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އޭޕްރީލް މަހުގެ 13 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް އާއި ހަވާލާދީ 'ސަން' އަށް ވިދާޅުވީ ދެ ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އިސްތިއުފާ ދެއްވީ ކިޔެވުމަށް ވަގުތު ދެއްވުމަށް ކަމަށެވެ. އަދި މެންބަރު މުހައްމަދު ނާފިއުގެ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ