ޤައުމީ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޞޯލިޙް ބައިވެރިވެ ވަޑައިގެންފި

ލިޓަސް 46ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ.

ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ 1 ވަނަ ޑިވިޝަންގައި މިރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލްގައި، މުޙައްމަދު  އަޖުފާން ރަޝީދު އަދި ނިބާލް އަޙްމަދު ބައްދަލުކުރި މެޗް ބައްލަވައިލައްވާފައެވެ.

މި މެޗް ކާމިޔާބުކުރީ މުޙައްމަދު އަޖުފާން ރަޝީދެވެ. މި މުބާރާތުގެ ފިރިހެން، އެއްވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ވާދައިގެ ތަށި ޗެންޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސްއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގެ އޯޕަން އިވެންޓުގައި 110 ކުޅުންތެރިން ބައިބެރިވެއެވެ. އަދި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި 3 ޓީމު ވާދަކޮށްފައިވާއިރު ދެވަނަ ޑިވިޝަނުގައި 9 ޓީމު ވާދަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ