މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

މަޖިލީހުން ޝަރީއަތަށް ނުފޫރުފޯރުވަން ކުރީ ދޮގު ތުހުމަތު - ހައިލަމް

ރައީސް ޞޯލިޙް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައިގެން ދަމާފައި ގެންދާ މަންޒަރު ހިމެނޭ ފޮޓޯ ހިއްސާކުރި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ބައެއް މަޖިލިސް މެންބަރުން ހިނގަމުންދާ ޝަރީއަތަށް ނުފޫޒުފޯރުވަން މަސައްކަތް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖްތިމާޢީ ކަންކަމުގައި މަޝްވަރާކުރުމަށާއި ޚިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގްރޫޕުގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޕޯސްޓްކޮށްފައިވާ ފޮޓޯގެ މައްސަލަ ހޫނުވެފައިވަނިކޮށް ރޭ ނެރުއްވި ބަޔާނެއްގައެވެ.

"އަޅުގަނޑު ފޮޓޯ ޝެއަރ ކުރި ވައިބަރ ގްރޫޕްއަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއްނަމަވެސް،
އެފޮޓޯ އަޅުގަނޑު ޝެއަރކޮށްފައިވަނީ ސޯޝަލް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުންކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަށް ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަޅުގަނޑު ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަޅުގަނޑު އެމައްސަލާގައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާތީ، އެފަރާތްތަކުގެ ޢަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ޢަމަލުތަކެއްކަމުގައިވީނަމަވެސް، އަޅުގަނޑުގެ މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތްކޮށްފައިނުވާނެކަމާއި އެފަދަ
ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މިފުރުސަތުގައި އަރުވަން." ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހައިލަމް ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕެއްގައި ހިއްސާކުރެއްވި ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ތަސްވީރެއް ހުރިކަން އެނގިވަޑައިނުގަންނަވާކަމަށާއި، އެ ފޮޓޯ ހިއްސާކުރެއްވީ އެ ފޮޓޯގައި ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ހުރިކަން އެނގުމުން ކަމަށެވެ.

މި މައްސަލައިގައި މިއަދު ހެނދުނު 08:00 އަށް ހައިލަމް ޖޭއެސްސީ އަށް ހާޒިރުކުރާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މިއަދު މެންދުރު ފަހު 1:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެއީ ހައިލަމް ބައްލަވާ މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ