މިލިއަނެއްހާ ރުފިޔާގެ މުދަލާއެކު އިންނަމާދޫ ފަޅު ތެރެއަށް އަޑިއަށްދިޔަ "މިހިރީ 5" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފިއެވެ.
ކާޑުގެ ބާވަތްތަކާއި، ގޭސް އަދި ހިލަވެއްޔާއެކު މިމަހުގެ 27 ވަނަ ދުވަހު މެންދުރު ރ.އިންނަމާދޫ ފަޅުތެރެއަށް އަޑިއަށްދިޔަ ބޯޓް ފުންކުރެވިފައިވަނީ މިއަދެވެ.
އެމްއެންޑިއެފްގެ އިންފޮމޭޝަނަ އޮފިސަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ، ބޯޓް ފުންކޮށްފައިވަނީ އިންނަމާދޫ ރައްޔިތުންނާއި، އެމްއެންޑީއެފް ނޮދަރން އޭރިއާގެ ސިފައިން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި، ބޯޓު މިހާރު ފެންމަތިކޮށްފައިވާ ކަމަށެވެ.

މި ބޯޓު އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން މާލެއިން އައިތަނުން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.