ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 7.0 މެގްނިޓީއުޑްގެ ބާރުމިނުގައި ޕެރޫއަށް ބިންހެލުމެއް އަތުވެފައިވާ ކަމަށާއި، ބިންހެލުން އައިސްފައިވަނީ 258 ކިލޯމީޓަރު ފުނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 15839 ކިލޯމީޓަރު ދުރުން ޕެރޫއަށް މި ބިންހެލުން އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން މެންދުރު 13:50 ގައި ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ