ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުލޫކީ މައްސަލަ ޣައިރު ހާޒިރުގައި ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ މައްސަލަ ފަނޑިޔާރު އާދަމް މުޙައްމަދުގެ ޢައިރު ހާޒިރުގައި ބެލަން ނިންމާފައިވަނީ، ފަނޑިޔާރު އާދަމް މުޙައްމަދު ހާޒިރުނުވެގެން ޖޭއެސްސީ އިން މިއަދު ބަލަން ހަމަޖެހިފައިވާ އަޑު އެހުން ކެންސަލް ކޮށްފައިވަނިކޮށެވެ. ޖޭއެސްސީ އިން ވިދާޅުވެފައިވަނީ ޣައިރު ހާޒިރުގައި އެ މައްސަލަ ބަލަން ނިންމާފައިވަނީ ފަނޑިޔާރު އާދަމް މުޙައްމަދު އެ ކޮމެޓީއަށް ހާޒިރުވެވަޑައިނުގަތް ސަބަބަކީ އެކަށީގެންވާ އުޒުރެއްކަމަށް ޤަބޫލު ނުކުރެއްވޭތީ ކަމުގައެވެ.
ސްޕްރީމް ކޯޓުން ވިދާޅުވެފައިވަނީ ޖޭއެސްސީ ގެ އަމުރަށް ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ތަބާވެވަޑައިނުގެންނެވީ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ގޮތުން ކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤަށް އާދަމް މުޙައްމަދު ވަނީ ދެ ފަހަރެއްގެ މަތިން ކުރިން ވަޑައިގެންފައެވެ. ނަމަވެސް އެ ދެފަހަރުވެސް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ. އަދި އޭނާގެ އެދިލެއްދުމަށް މި މައްސަލަ ކުރިޔަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
އޮކްޓޫބަރު 30 ވަނަ ދުވަހު ބޭއްވި ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހުށައަޅާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަލައިނުގަންނަން ނިންމައި ތަހުގީގު ވަނީ ފަސްކޮށްފިއެވެ. އަދި އޭނާއަށް ވަނީ ވަކީލަކު ހޯދުމަށް އެންމެފަހު ފުރުސަތު ދީފައެވެ.




