ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ތަޙުޤީޤު ހުޅުވާލައިގެން ފަށަނީ

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަޙުޤީޤު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފިއެވެ.

އަދި މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ އެބޭފުޅާގެ އެކަމަށް އެދިވަޑައިގެންފައިވާތީކަމަށްވެސް އެސަރވިސްއިންވަނީ ވިދާޅުވެފައެވެ.

އަދި މާދަމާ (12 ނޮވެމްބަރ 2019) ވާ އަންގާރަ ދުވަހު މިމައްސަލައިގެ ތަޙުޤީޤު އަޑުއެހުމަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އާންމުންނަށް ހުޅުވާލައިގެން ބޭއްވޭ މިއަޑުއެހުން ކުރިއަށްދާނީ މާދަމާ 15:00 ގައި ޕޯސްޓް ބިލްޑިންގ 6 ވަނަ ފަންގިފިލާގައެވެ.

މިއަޑުއެހުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އައިޑެންޓިފިކޭޝަން ކާޑާއެކު ގަޑި ޖެހުމުގެ 15 މިނަޓް ކުރިން ވަޑައިގަތުމަށްވެސް އެސަރވިސްއިން އެދިލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ