ފުވައްމުލަކު ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ސިޓީގެ ދޫނޑިގަން އަވަށު އާރު އެންޑް އާރު ކެފޭގެ ބަދިގޭގައި ކަމަށެވެ.

އެ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަނުންގެ ސިފައިން ނިއްވާލާފައިވާކަމަށް އެމްއެމްޑީއެފް އިން ވިދާޅުވިއެވެ.

"މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 11:23 ހާއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ