އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ރާއްޖެ އިން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކުރައްވާ މިނިސްޓްރީ އޮފް ފޮރިންގ އެފެއާރޒްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން ގައްޒާއަށް ދެމުން އަންނަ ނިރުބުވެރި ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި، އެހަމަލާ ތަކުގައި ޝަހީދުވެގެން ދިޔައީ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންކަމަށެވެ.
އަދި ހަމަލާތަށް ހުއްޓުވުމަށް މިސްރުގެ ސަރުކާރުން ކުރި މަސައްކަތަށް ރާއްޖެއިން ޝުކުރު އަދާކޮށްފައިވާއިރު، ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ހަމްދަރުދީ މިވަގުތު ވަނީ މަރުވެ ދިޔަ އާއިލާތަކާއި ޒަހަމްވި މީހުންގެ އާއިލަތާއެކު ކަމަށްވެސްމިބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އިޒްރޭލާއި ފަލަސްތީނާއި ދެމެދު 1967 ވަނަ އަހަރު ހެނދުނު އެއްބަސްވުމަށް އަމަލުކުރުމަށް ރާއްޖެއިން ގޮވާލާފައިވާއިރު، އިޒްރޭލުން ގާޒާއަށް ވެރިވެގަނެގެން އުޅެނީ ބައިނަލްއަގްވާމީ ގާނޫނާއި އަދި އދގެ ސެކިއުރެޓީ ކައުންސިލްގެ ޖެނެރަލް އެސެމްބްލީގެ ރިސޮލިއުޝަންތަކާއި ޚިލާފަށްކަމަށްވެސް މިބަޔާނުގައި ވެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުންވަނީ ފަލަސްތީނުގެ ގާޒާއަށް ވައިގެ ގިނަ ހަމަލާތަކެއް ދީފައެވެ. އަދި މިހަމަލާ ބަދަލުކުރުން މިއަދު ހުއްޓާލިއިރު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 38 މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލުން ވައިގެ ހަމަލާތަށް އަމާޒު ކޮށްފައިވަނީ އާންމު އެއްވެ އުޅޭ ތަންތަނަށާއި އިމާރާތްތަކަށެވެ.