މ. ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫޢު މޮބިލައިޒްކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، މ. ވޭވަށް ބަނދަރު ހެދުމުގެ މަޝްރޫޢު 15 ނޮވެމްބަރ 2019 ގައި މޮބިލައިޒްކޮށްފައިވާކަމަށާއި، މިމަޝްރޫޢުގެ ދަށުން 300 * 800 ފޫޓަށް ބަނދަރު ބޮޑުކުރުމާއި، 350 މީޓަރުގެ ބޭރު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1880 އަކަމީޓަރުގެ ޕޭވްމަންޓު ހެދުން ހިމެނޭކަމަށެވެ.
މީގެއިތުރުން 02 ނެރު ބައްތި ހަރުކުރުމާއި، ބަނދަރު ސަރަޙައްދުގައި 19 ބައްތި ހަރުކުރުން ހިމެނޭކަމަށްވެސް އެކުންފުނިންވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. އަދި މިމަޝްރޫޢުގެ އަގު 8.172،863،48 ރުފިޔާއަށް އަރައެވެ.




