ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

ވަޅިން ބިރުދައްކައި، ފައިސާ އާއި ފޯނުތަކެއް ފޭރިގެންފި

ރޭ މެންދަމު ގެއަކަށް ވެދެ ވަޅިން ބިރުދައްކައިގެން، ގިނަ އަދަދެއްގެ ފައިސާ އާއި ފޯނުތަކެއް ފޭރިގެންފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަނަކަށް، ހަތަރު މީހަކު ވަދެ ތިން ބިދޭސީއަކަށް ވަޅިން ބިރު ދައްކައި، 6600 ރުފިޔާ އާއި ތިން ފޯނު ފޭރިފައިވާ ކަމަށެވެ.

އެ މީހުން ފައިސާ އާއި ފޯނުތަކެއް ފޭރިގެންފައި ވަނީ މާލޭގެ ގަލޮޅުގެ ގެއެއްގައި ދިރިއުޅެމުން އައި ބިދޭސީންތަކެއްގެ އަތުން ކަމަށާއި އެ ހާދިސާ ހިނގީ ރޭ މެންދަމު 3:00 ޖެހި އިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށާއި، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވައްކަމާއި ފޭރުމުގެ އިތުރުން މުއައްސަސާތަކުގެ ތިޖޫރީ ވަގަށް ނެގުންފަދަ އޮގަނައިޒްޑް ކްރައިމް އިންތިހާއަށް އިތުރުވެފައިވާއިރު، މިކަންކަމާ މެދުގައި ފުލުހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް