ބީއެމްއެލް

ޕޭމަންޓް ގޭޓްވޭގެ ހިދުމަތުގެ ފީތަކެއް ބީއެމްއެލްއިން ކަނޑާލައިފި

ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައިވަނީ، ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީއެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ހިދުމަތް ހޯދޭނެ ގޮތްތަކެއް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފަ އެވެ.

މި ބަދަލާ ގުޅޭގޮތުން ބޭންކުން ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އީ-ކޮމަރސް ގެ ހިދުމަތް ރާއްޖޭގަައިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން ކަމަށާއި، މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ހިދުމަތް ހޯދާ 112 މާޗަންޓުން ތިބިއިރު، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ހިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ހިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާއި، އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެއް ކަމަށެވެ. 

ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ