އިންޑިއާއަށް ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވި މައްސަލައިގައި، ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެކަމަނާ ހާޒިރު ކުރާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް، މަޖިލިހުގެ އިދާރާ އިން މާރިޔާ އަށް ނޯޓިސް ފޮނުވައިފައިވާއިރު، މާރިޔާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން މާރިޔާ މަޖިލީހަށް ހާޒިރު ކުރަނީ މެންބަރުން ސުވާލު ކުރުމަށެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އާއި ސުވާލު ކުރުމަށް މަޖިލިހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.
އިންޑިއާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މާރިޔާ ވިދާޅުވެފައިވަނީ، އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށާއި، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
Mihaa Faalhuga India ah Raajje hifidhaane kamah Raajjeyge Defense Minister @MariyaDidi bunun hama dhivehinnah OkAy baa??? ?”#MiDhenBoduVaru #AlhuvethikamaaDhekolhah @modebush @axanner @maurish24 @TC_Dav @MNDF_Official pic.twitter.com/EyRkN5WGVf
— PPMians (@PPMians) February 6, 2019
މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓަރަށް އަމާޒުވުމުން މަޢާފަށް އެދިވަޑައިގަތުމުގެ ބަދަލުގައި މިނިސްޓްރީ އޮފް ޑިފެންސް އިން ވަނީ އެކަމަނާޣެ ވާހަކަތައް ތަރުޖަމާކޮށް، ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް އެއާއެކު އަކަމަނާއަށް އަމާޒުވި ފާޑުކިޔުންތައް ވެގެންދިޔައީ އިތުރެވެ.
މާރިޔާ އަކީ އާސަރުކާރު އުފެދުނު ފަހުން މަޖިލީހަށް ހާޒިރު ކުރާ ފުރަތަމަ ވަޒީރެވެ.