ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދައުރުގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު ބިލްތަކަށް ވޯޓުދެއްވާފައިވާ ގޮތް ފަސޭހައިން ބަލާނެ ވެބްސައިޓެއް ޓްރާންސްޕޭރަންސީ މޯލްޑިވިސް (ޓީއެމް) އިން ތައާރަފުކޮށްފިއެވެ.
ޓީއެމް އިން ތައާރަފު ކުރި މަގޭ އެމްޕީ ވެބްސައިޓުގައި މަޖިލީހުގެ 135 މެމްބަރުންގެ މައުލޫމާތާއި، 209 ބިލުގެ މައުލޫމާތު ހިމަނާފައިވާއިރު، ޓްރާސްޕޭރަންސީން ވިދާޅުވީ، އެ ވެބްސައިޓަކީ މަޖިލީހުގެ މެމްބަރުން ޒިންމާދާރުކުރުމަށް މަގުފަހިކުރުމަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްކަމަށް ޓީއެމްއިން ތައްޔާރުކޮށްފައިވާ މި ވެބްސައިޓުން މެމްބަރެގެ ޕްރޮފައިލް ވަކިވަކިން ނަގައި އެ މެމްބަރެއް ވޯޓުދީފައިވާ ގޮތް ބަލާލަން ވަރަށް މާފަސޭހައެވެ.
އެގޮތުން ކޮންމެ މެމްބަރެއްގެ ޕްރޮފައިލް ނެގުމުން، އޭނާގެ ފޭސްބުކް އައިޑީ، ޓްވިޓާ އައިޑީ އަދި ފޯނު ނަންބަރުގެ އިތުރުން އޭނާގެ ދައުރުގައި މަޖިލީހުގައި ވޯޓަށް އަހާފައިވާ ބިލްތަކުގެ ލިސްޓު ފެނެއެވެ. އަދި އެ ބިލަށް އޭނާ ވޯޓު ދީފައިވޭތޯ ނުވަތަ ނުވޭތޯ ބަލައިލެވޭއިރު، އެ ދުވަހު މަޖިލީހަށް ހާޒިރުނުވާ ނަމަ އެކަން ވެސް ވެބްސައިޓުން ފެންނަން އޮވެއެވެ.
މި ވެބްސައިޓުން މިހުރިހާ މަޢުލޫމާތެއް އާއްމުކުރުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް މީސްމީޑިއާގައޮ ވާހަކަދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
Alhugandu @TransparencyMV aa suvaalu kollan beynunvanee alhugandumen vakkamaa dhekolhah, insaaf hodhan, rayyithunge haqquthah hodhan majleehuga kuri bodu hanguraama thibeyfulhun minanee kon thilafathakun tho ey? MDP in QA aa khilaafah beyvvi majlis eh boycott kurikan neygeytho?
— ?? ??????? ???? ? (@Roxeyna) March 2, 2019
މިހާރު ތައާރަފު ކޮށްފައިވަނީ ވެބްސައިޓުގެ ބީޓާ ވާޝަން ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ވެބްސައިޓު އިތުރަށް ތަރަށްގީކުރަމުން ގެންދާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.