ރައްޔިތުން މަޖިލީހުގެ އޮފީސްތަކެއް ބަގު ކުރަން އުޅެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ ކޮޓަރިއަކާއި މަޖިލީހިގެ ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރި އަދި ރައީސް ނަޝީދުގެ ކޮޓަރި ބަގު ކުރަން މަސަތްކަތް ކުރައްވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މިކަން ކުރުމުގެ ވާހަކަ ދައްކާފައިވަނީ ފުލުހަކު މަޖިލީހުގެ ސެކިއުރިޓީ ކުއްޖެއް ކައިރީގައި ކަމަށެވެ.
"މައްސަލަ ފުލުސް އޮފީހަށް ހުށައެޅުން އެއީ އަޅުގަނޑު ހިތުގައި އެއްގޮތަކަށް ވެސް އޮތް ކަމެއް ނޫން. އަދި ކުރިއަށް އޮތް ތަނުގައިވެސް އޮތް ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ތެރެއިން މިކަން ހިނގާދިޔަގޮތް ކޮންމެސް މިންވަރަކަށް ބެލުމަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި މި މައްސަލަ ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށެވެ.



