ސްޕެއިންގެ ކޯޗުކަމުން ވަކިވާން ރޮބާޓް މޮރޭނޯ ނިންމައިފިއެވެ.
ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ރޯމޭނިއާ އަތުން ސްޕެއިން މޮޅުވި މެޗަށްފަހު އެކަން މޮރޭނޯ ކުޅުންތެރިންނަށް އަންގާފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، މޮރޭނޯގެ މިޚަބަރާއެކު ސްޕެއިންގެ ގިނަ ކުޅުންތެރިންގެ ލޮލުން ކަރުނަ އައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އަދި މޮރޭނޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލިކަން އިޢުލާން ކުރުމުގެ ގޮތުން ޕްރެސް ކޮންފެރެންސްއެއް މިއަދުގެ ވަގުތެއްގައި ބާއްވާނެކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އުމުރުން 42 މޮރޭނޯ ވަކިކޮށް ކުރީގެ ކޯޗު ލުއިސް އެންރީކޭ އަލުން ސްޕެއިންގެ ކޯޗުކަމަށް ގެންނަށް ސްޕެއިން ފުޓްބޯޅް ފެޑެރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
އެންރީކޭ އެސިސްޓެންގެ ގޮތުގައި ހުރި މޮރޭނޯ ސްޕެއިންގެ ކޯޗުކަމާއި ޙަވާލުވެފައިވަނީ ހެޑް ކޯޗެއްގައި ގޮތުގައި ހުރި ލުއިސް އެންރީކޭ އަމިއްލަ ސަބަބަކާހުރެ މަޤާމު ދޫކޮށްލުމާއި ގުޅިގެން މިދިޔަ ޖޫން މަހުއެވެ.
އެންރީކޭ މަޤާމު ދޫކޮށްލާފައިވަނީ އަންހެން ދަރިފުޅު ޒާނާ ކެންސަރަށް ޕޮޒިޓިވްވުމާއި ގުޅިގެން ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށެވެ. ކައްޓަށް ޖެހުނު މިކެންސަރުގައި ދަރިފުޅު ޒާނާ ދުނިޔެދޫކޮށްފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުއެވެ.

އަދި އެންރީކޭ ބޭނުންނަމަ ސްޕެއިންގެ ކޯޗުކަން އޭނައަށް ދޭން ތައްޔާރަށް ހުރިކަމަށް މޮރޭނޯވަނީ މީގެ ކުރިން ދިން އިންޓަރވިއުއެއްގައި ބުނެފައެވެ.
ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ކުޅުނު 10 މެޗުން ލިބުނު 26 ޕޮއިންޓާއެކު ސްޕެއިން އޮތީ ގްރޫޕް އެފް ގެ އެއްވަނާގައެވެ.



