ޢަލީ ޝާން (ސަޓޯ) - ފޮޓޯ: މީސްމީޑިއާ

އަފްރާޝީމްގެ މަަރުގެ ތުހުމަތު ކުރެވޭ ޝާން ވަޒީފާއިން ވަކިކޮށްފި

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް ޢަލީގެ މަރުގެ ތުހުމަތު ކުރެވޭ ޝާން ސަރުކާރުގެ ސިޔާސީ މަޤާމުން ވަކިކޮށްފިއެވެ.

ޝާން ވަޒީފާ އަދާކުރަމުންދަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއައިއެލް) ގައި ތިލަފުށީ ޖެޓީ ސުޕަވައިޒަރެއްގެ ގޮތުގައެވެ.

މަރާލައިފާ މީހުންނާއި ގެއްލުވާލައިފާ މީހުންގެ މައްސަލަ ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަފްރާޝީމް މަރުގެ ދައުވާ ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުމާމް އާއި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އަލީ ޝާން (ސަޓޯ) ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޓް ކޮށްފައެވެ.

މިނޫހަށް އިތުބާރުހިފޭ މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި ޝާން ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލީ ރާޢްޖޭގައި ހިންގަމުން ގެންދާ ޖިހާދީ ޖަމާޢަތުން ރާވައިގެން ކަމަށްވެސް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ