އުމަރު ނަސީރު

އަފްރާޝީމްގެ މަރާ ޝަހީމްއާ ގުޅުމެއް ނެތް، ނަޝީދު ވާހަކަފުޅު ދެއްކެވީ ރިޕޯޓުން ބައެއް ކިޔާފައި - އުމަރު

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި، ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަދުނާމުކޮށް، ރައީސް ނަޝީދު ވާހަކަދެއްކެވީ މަރުގެ ތަޙްޤީޤު ރިޕޯޓް އެއްކޮށް ވިދާޅުނުވެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީދު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިއަދު ވިދާޅުވީ، އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގޫޅޭގޮތުން ރިޔާސީ ކޮމިޝަނުން ނެރުއްވި 121 ސަފްހާގެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާއި، ރިޕޯޓްގެ އެއްވެސް ހިސާބެއްގައި އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމްއަށް ތުހުމަތު ކުރައްވާފައި ނުވާ ކަމަށެވެ.

"މި ރިޕޯޓްގެ އެއްވެސް ބައެއްގައި ޑރ. ޝަހީމް އާއި މެދު މަރާ ގުޅުންހުރި ތުހުމަތެއް ކޮށްފައެއް ނުވޭ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ޑރ. ޝަހީމް އަށް ކުރެވޭ ހަމައެކަނި ތުހުމަތަކީ ދޮގު މަޢުލޫމާތު ދެއްވިކަމުގެ ތުހުމަތު ކަމަށާއި، އެ މަޢުލޫމާތަކީ ދޮގެއް ކަމަށްވިޔަސް ތެދެއް ކަމަށްވިޔަސް އެކަމަކީ މި މަރަށް އެއްވެސް އަސަރެއް ފޯރާނެ ކަމެއް ނޫންކަން ރިޕޯޓުން އެނގޭ ކަމަށެވެ.

"މި ރިޕޯޓް އެއްކޮށް ކިޔާލުމުން އެނގެނީ، އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން، ޑރ. ޝަހީމް ޢަމަލުކުރައްވާފައިވަނީ އިލްމުވެރިންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއް ނައްތާލައްވައި ހުރިހާ އިލްމުވެރިން އެކުވެރިކުރުމަށް ކަން. މިއީ އެމަނިކުފާނަށް ޝުކުރު އަދާކުރުން ހައްޤު މަސައްކަތެއް." އުމަރު ވިދާޅުވިއެވެ.

މިފަދަ ރިޕޯޓްތަކާ މެދުގައި ބަސް ވިދާޅުވެލައްވަންވާނީ މުޅި ރިޕޯޓް ރަނގަޅަށް ވިދާޅުވެ ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

"އެއްވެސް ރިޕޯޓަކާމެދު އެއްވެސް ވާހަކައެއް، އެއްވެސް ބޭފުޅަކު ވިދާޅުވުމުގެ ކުރިން މުޅި ރިޕޯޓް ކިޔުއްވައި، ދިރާސާ ކުރައްވާފައި މެނުވީ އެފަދަ ވާހަކަ ދެއްކެވުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނޭ ކަމެއް ނޫން." އުމަރު ނަސީރު ވިދާޅުވިއެވެ.

ޑރ. އަފްރާޝީމްގެ މަރާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވަނީ ޑރ. ޝަހީމަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވެފައިވަނީ މައުޟޫމް މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވަނީ ހަޤީޤީ ޤާޠިލުން ފޮރުވަން ކަމަށާއި، އެމަނިކުފާނުގެ އަބުރު ކަތިލުމަކީ އަދުގެ ސަރުކާރު ވެއްޓުމަށް އެޅުނު ބިންގަލަށް ވެދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ