ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އިންޑިއާއިން އަލަށް ރާއްޖެއަށް ކަނޑައެޅުއްވި އެމްބެސެޑަރ ހިޒް އެކްސަލަންސީ ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ އާއި ބައްދަލު ކުރައްވައިފިއެވެ.
ސްރީލަންކަން އެމްބަސީ ގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސްރީލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައިވާ މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ސްރީލަންކާ އިން ރާއްޖެއަށް އިތުރު އެކި ދާއިރާތަކުން ފުރުޞަތުތައް ފަހިކުރުމާބެހޭގޮތުން އަދި ދެގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.




