ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ / ފޮޓޯ : ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު މަޢާފަށް އެދިވަޑައިގެންފި

އަވަށްޓެރި އިންޑިއާއިން ބޭނުންވެއްޖެ ހިނދެއްގައި ދިވެހިރާއްޖެ ހިފިދާނެކަމަށް ޑިފެންސް މިނިސްޓަރު އިންޑިއާގެ ނޫހުގައި ވިދާޅުވި ވިދާޅުވުމަށް ދިވެހި ރައްޔިތުންގެ ކިބައިން މިނިސްޓަރު މަޢާފަށް އެދިވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛު މާރިޔާ އަޙްމަދު ދީނީ މަޢާފަށް އެދިވަޑައިގެންފައިވަނީ، އެކަމަނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމުން ދާދި ދެންމެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ, އެއްވެސް ބޭފުޅަކަށް ނުތަނަވަސްކަން ލިބިވަޑައިގަނެ، ހިތްޕުޅު ހަމަނުޖެހިވަޑައިނުގެންފައިވާނަމަ އެކަމަށްޓަކައި މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުގައި 22 މިނެޓުވަންދެން ވާހަކަ ދެއްކެވި ކަމަށާއި، އެހެން ނަމަވެސް ހިތްޕުޅާ ހަމަނުޖެހިވަޑައިގެން އުޅުއްވާ ބޭފުޅުން ފާޙަގަކުރަނީ އޭގެ ތެރެއިން އެންމެ ފަސް ސިކުންތުގެ ވާހަކަކޮޅަށް ކަމަށާއި، ހިތާމައަކީ ލައިވްކޮށް ރިކޯޑު ކުރެވޭ އެފަދަ އިންޓަވިއުތަކުގައި އަލުން ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްގޮތަކަށް ވެސް ދިވެހި އަސްކަރިއްޔާއިން ނުވަތަ، ދިވެހި ރައްޔިތުން، ދިވެހި ސަރުކާރުން އިންޑިޔާއަށް ބިރުން އުޅޭކަށް ނުޖެހޭ ކަމަށަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު މަޢާފަށް އެދިވަޑައިގެންފައި މިވަނީ މަޖިލީހުގެ މެންބަރުން ކުރެއްވި ވަރަށް ގިނަ ސުވާލަށް ޖަވާބު ދެއްވުމަށްފަހުވެސް މެންބަރުން ހިތްހަމަ ޖެހިވަޑައި ނުގަނެ ތަކުރާރުކޮށް ސުވާލު ކުރައްވަނ ފެއްޓެވުމުންނެވެ.

މާރިޔާ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު އަދި މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން މަޖިލީހަށް ހާޒިރުކުރެއްވި ފުރަތަމަ މިނިސްޓަރުވެސް މެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ